އަހުމަދު ނާޒިމް

ކުރީގެ މެންބަރު ނާޒިމްގެ ބޭސްފަރުވާއަށް އިތުރު 15 ދުވަސް

ސުޕްރީމް ކޯޓުން 25 އަހަރަށް ޖަލަށް ލާފައިވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ބޭސް ފަރުވާ ފުރިހަމަ ކުރަން އިތުރު 15 ދުވަސް ދީފި އެވެ.

ބޭސްފަރުވާއަކަށް ސިންގަޕޫރަށް ދިޔުމަށް ކަރެކްޝަންސް އިން ނާޒިމް އަށް ހުއްދަ ދޫކޮށްފައި އޮތީ 15 ދުވަހަށެވެ. ނާޒިމް ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

ނާރުގެ ފަރުވާއަކަށާއި ޔޫރިން އިންފެކްޝަނެއްގެ ސަބަބުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނާޒިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ. ނާޒިމް ބޭރަށް ދާން ފުރަތަމަ ފަހަރަށް ފުރުސަތު ދިނީ ރާއްޖެއިން ނުކުރެވޭ ޓެސްޓްތަކެއް ހެދުމަށެވެ. ނާޒިމް ރާއްޖެއިން ބޭރަށް ފުރަން ބެލި އިރު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަަހައްޓާފައި ވާތީ އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް ނާޒިމް އަށް ފުރުމުގެ ފުރުސަތު ދީފަ އެވެ.

އެނގިފައިވާ ގޮތުގައި ނާޒިމުގެ ފަރާތުން ޑޮކްޓަރުން އިތުރު މުއްދަތަށް އެދިފައިވަނީ ބޭރުން ކުރަން ދިޔަ އޮޕަރޭޝަނާއި އެކު އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ.

ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށްލީ އެޓޯލްސް މިނިސްޓްރީއަށް ދިދަތަކެއް ގަތުމަށް ކުރި ބިޑްގައި ބައިވެރިވެ މަކަރާއި ހީލަތުން އެ ބިިޑް ކާމިޔާބު ކުރި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.