ލ. މާންދޫ

ހޮރައިޒަން މަސް ދަޅުގެ އަގުވެސް ބޮޑުކޮށްފި

Jun 5, 2022
2
ހޮރައިޒަން އިން އުފައްދާ މަސް ދަޅުގެ ބާވަތެއް. އެ ކުންފުނީގެ މަސް ދަޅުގެ އަގުވެސް ވަނީ ބޮޑުކޮށްފައި
0%
0%
100%

ހޮރައިޒަން ފިޝަރީޒް އިން ވިއްކާ މަސް ދަޅުގެ އަގުވެސް ބޮޑުކޮށްފި އެވެ.

ހޮރައިޒަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން އުފައްދާ "މާންދޫ މަސް" ދަޅުގައި ބަންދުކުރުމަށް ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު އުފުލިފައިވާތީ މަސް ދަޅުގެ އަގު ބޮޑުކޮށްފައިވާ ކަމަށެވެ.

ހޮރައިޒަން އިން ކުރިން 100 ގުރާމުގެ ތެޔޮ މަސް ދަޅެއް ވިއްކީ 10 ރުފިޔާ އަށެވެ. މިހާރުގެ އަގަކީ 12 ރުފިޔާ އެވެ. މި ސައިޒުގެ ތެޔޮ މަސް ދަޅު ކޭހެއް ކުރިން ވިއްކީ 320 ރުފިޔާ އަށެވެ. މިހާރު ވިއްކަނީ 400 ރުފިޔާ އަށެވެ. އެހެންކަމުން ތެޔޮ މަސް ދަޅު ކޭހަކުން މިވަނީ 80 ރުފިޔާ ބޮޑުކޮށްފަ އެވެ.

ސަތޭކަ ގުރާމުގެ ފެން މަސް ދަޅު ހޮރައިޒަން އިން ކުރިން ވިއްކީ ނުވަ ރުފިޔާ އަށެވެ. މިހާރު ވިއްކަނީ 11 ރުފިޔާ އަށެވެ. މި ސައިޒުގެ ފެން މަސްދަޅު ކޭހެއް ކުރިން ވިއްކީ 300 ރުފިޔާ އަށެވެ. މިހާރު ވއްކަނީ 380 ރުފިޔާ އަށެވެ.

ދަޅުގައި ބަންދުކުރުމަށް ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު އުފުލިފައިވާތީ ކަމަށް ބުނެ ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އިން އުފައްދާ މަސް ދަޅުގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678