މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ބިދޭސީންނަށް ދާއިމީ ލައިސަންސް ދެވޭނެ އުސޫލެއް ނެރެފި

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް އެ ގަވާއިދު އަލުން ގެޒެޓްކޮށްފި އެވެ. އަލަށް އެކުލަވާލި ގަވާއިދުގައި ވަނީ ބައެއް ބިދޭސީންނަށް ދާއިމީ ލައިސަންސް ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

އުސޫލު ބުނާ ގޮތުން ދާއިމީ ލައިސަންސަކީ ލައިސަންސް ނަގައިފައިވާ ދިވެހި ރައްޔިތުންނަށާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ނަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސެކެވެ. ދާއިމީ ލައިސަންސަކީ ކޮންމެ ދިހަ އަހަރަކުން އައު ކުރަން ޖެހޭ ލައިސަންސެކެވެ.

އައު އުސޫލު ބުނާ ގޮތުން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ދާއިމީ ލައިސަންސެއް
ދޫކުރެވިދާނެއެވެ.

އަދި މި ގަވާއިދަށް އަމަލުކުރަން ފެށިއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހުން ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަކާ ލައިސަންސް ކެޓަގަރީއެއް އިތުރުކޮށް ދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ކެޓަގަރީ އިތުރު ކުރުމަށް އެދޭނަމަ އެކަމަށް އެދި ފޯމު ހުށަހަޅައި ކަނޑައަޅާފައިވާ ފައިސާގެ އަދަދެއް ދައްކަން ޖެހެއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް އެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ަކމަށްވެސް ވަނީ ބުނެފައެވެ.