ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ހިދުމަތްތައް މެދުކަނޑާލީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ ހިދުމަތް ދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓެނަންސް މަސައްކަތްތަކެއް ކުރަން ހުރުމުން ކުރާ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އޮންލައިން ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް މިނިސްޓްރީން ވަނީ މައާފަށް އެދިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތައް މީގެކުރިން ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައިވެ އެވެ.