ދުނިޔެ

ދުނިޔެއަށް ދެން ދިމާވާނެ އެންމެ ބޮޑު ބަލިމަޑު ކަމަކީ ކަބޯތަކެތި ހުސްވުން

ދުނިޔެއިން ކާބޯތަކެތި ހުސްވުން ބޮޑު ބަލިމަޑު ކަމަކަށް ވެދާނެ ކަމަށް ވަނީ އިންޒާރު ދީފައި
0%
0%
0%

ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ އިންޒާރު ދޭން ޖެހިދާނެ ކަމަށް އދ.ގެ ގުނަވަންތަކުން އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އޮތީ ބުނެފަ އެވެ. ދުނިޔެ ދިރާސާކުރާ މީހުން ބުނާ ގޮތުން ދުނިޔެއަށް ދެން ދިމާވާނެ އެންމެ ބޮޑު ބަލިމަޑު ކަމަކަށް ވާނީ ކާބޯތަކެތި ހުސްވުމެވެ.

ގައުމުތަކުގެ މެދުގައި ކޮވިޑް ފެތުރިގަނެ އެތައް މިލިއަން ފުރާނައެއް ވަނީ ނެތި ގޮސްފަ އެވެ. ސިއްހީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ދުނިޔެ ކާބޯތަކެއްޗަށް ޖެހުމުގެ ސަބަބުން ކޮވިޑްގައި މަރުވި އަދަދަށް ވުރެ ގިނަ މީހުން މަރުވާނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން ކޮވިޑް ޖެހިގެން 15 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. އަދި ބަލި ކަށަވަރު ނުވެ އެތައް ބަޔަކު މަރުވެފައި ވާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

ދުނިޔޭގައި ކާބޯތަކެތީގެ އަގު އުފުލެމުން ދަނީ އަޅާނުލައި ތިބެވޭ ވަރަށް ވުރެ ބާރު ދުވެލީގައި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ދުނިޔެ ހަކަތައަށް ޖެހި ވަސީލަތްތައް ކޮޅުންލާފާނެ ކަމަށް ވިސްނައިގެން ތިބުން ބުއްދިވެރި ކަމަށް ވެސް ބުނެވެ އެވެ.

ކޮވިޑްގެ ހާލަތުން މިންޖު ނުވެވިގެން އުޅެނިކޮށް ރަޝިއާއިން ޔުކްރޭނަށް އަރައިގަތުން ވެސް ވެފައި ވަނީ ކާބޯތަކެތި ސަޕްލައި ކުރުމަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހަކަށެވެ.

ރަޝިއާ އާއި ޔުކްރޭން އަކީ ދުނިޔެއަށް ވަރަށް ގިނަ ބާވަތްތައް ސަޕްލައިކުރާ ދެ ގައުމެވެ. އެހެންނަމަވެސް ހަނގުރާމާއިގެ ބިރުބޮޑުވެ ބަނދަރުތައް ބަންދުކުރަން ޖެހުމުން ސަޕްލައި ތަކަށް ވަނީ ބުރޫއަރާފަ އެވެ.

މަޝްރަހު އަންދާޒާ ކުރަން ދަންނަ މީހުން ދެކޭ ގޮތުގައި ނުފޫޒު ގަދަ ގައުމުތަކުން އެއްމޭޒު ދޮށަށް އެއްވެ ސައްލާކުރަން ވަނީ ޖެހިފަ އެވެ. ހަމަ ކޮންމެ މީހަކު ބަނޑަށް ނުޖެހުނު ނަމަވެސް އާންމު ހާލަތުގައި ކައިބޮއެ އުޅޭ ވަރަށް އެތިކޮޅު ނުލިބުމުގެ ސަބުން ކުރިމަތިވެދާނެ ހާލަތަށް މަޝްވަރާއިން ގޮތެއް ވަނީ ނިންމަން ޖެހިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910