މަސްތުވާތަކެތި

ކޮންޓެއިނާއެއްގެ ތެރެއިން ޑްރަގް، ފުލުހާއި ކަސްޓަމުން ފާސްކުރަނީ

މާލޭގައި ހިންގާ އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް. ކޮންޓެއިނާއެއްގެ ތެރެއިން ޑްރަގް ފެނިފަައިވޭ -- ފޮޓޯ: އަވަސް
100%
0%
0%

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާކުރި ކޮންޓެއިނާއެއްގައި މަސްތުވާތަކެެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކޮންޓެއިނާ ބަލާ ފާސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ޓޮމާޓޯ ޕޭސްޓް އަޅާފައިހުރި 40 ފޫޓްގެ ކޮންޓެއިނާއަކުންނެވެ. އެ ކޮންޓެއިނާއިން މަސްތުވާތަކެތި ފެނި ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ރޭ ފަތިހުން ފެށިގެން މައުލޫމާތު ފެތުރުނެވެ.

އެކަމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ދިވެހި ފުލުހުންނާއި ކަސްޓަމްސް ސާވިސް ގުޅިގެން ކޮންޓެއިނާއެއް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910