ޖަޕާންގެ ބޯޑަރުތައް ބައިނަލްއަގުވާމީ މާކެޓަށް ހުޅުވާލައި ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފި އެވެ. މިއީ ކޮވިޑާ ގުޅިގެން ޖަޕާން ތަޅުލާފައި އޮންނަތާ ދެ އަހަރަށް ފަހު ބޯޑަރު ހުޅުވި ފުރަތަމަ ފަހަރެވެ.
ބޭރު ގައުމުތަކުން ޖަޕާނަށް ދާ ޓޫރިސްޓުންނަށް ޖަޕާންގެ އަވަށްތަކުން ފުރުސަތުދީ 98 ގައުމަކަށް ޖަޕާން ވަނީ މަރުހަބާ ކިޔާފަ އެވެ. އޭގެ ތެރޭގައި ތައިލޭންޑާއި އިންޑޮނީޝިއާ، ޗައިނާ، ދެކުނު ކޮރެއާ، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެ އެވެ.
ޖަޕާންގެ އިދާރާތަކުން ބުނާ ގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މުޅި ޖަޕާން މުޅި ދުނިޔެއަށް ހުޅުވާލާނެ އެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ހާއްސަ ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އާންމުކޮށް އިއުލާން ކުރާނެ އެވެ.
ދުނިޔޭގައި ކޮވިޑް އުޅޭ އެހެން ގައުމުތަކުން ޖަޕާނަށް އެތެރެވާ ނަމަ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންތައް ދަމަހައްޓާނެ ކަމަށް ޖަޕާނުން ބުނެ އެވެ. އެނޫން ގޮތެއްގައި ވެސް ދަތުރުފަތުރު ކުރާ މީހުން ކޮވިޑްގެ އަލާމާތްތަކަށް ސަމާލުވުމަށް އޮތީ ނަސޭހަތްތެރި ވެފަ އެވެ.
ޖަޕާނުން މީގެ ކުރިން އޮތީ ވިޔަފާރިވެރިންނަށާއި ކިޔަވާ ކުދިން ބޯޑަރު ހުރަސްކުރަން ލުއި ދީފަ އެވެ. އަދި ބައެއް ސަރަހައްދު ހުޅުވާލައި އާންމު ދިރިއުޅުމަށް ދޫކޮށްލާފަ އެވެ.
ޖަޕާނަކީ ޓޫރިސްޓުން ވަރަށް ގިނައިން ދަތުރުކުާ ގައުމެކެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ވަނީ ޓޫރިސްޓުންނަށް ޖަޕާން ބަންދު ކުރަން ޖެހިފަ އެވެ.
ޖަޕާނުން އުންމީދު ކޮށްފައި އޮތީ އޮލިމްޕިކް 2020 އަށް 40 މިލިއަން މީހުން އެ ގައުމަށް އެތެރެވާނެ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ލަސް ކުރަން ޖެހި ބޮޑެތި މައްސަލަތަކެއް ވަނީ ތަޖުރިބާ ކޮށްފަ އެވެ.
ބައިނަލްއަގުވާމީ ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލި ނަމަވެސް، ދަތުރުތައް ފަށަން އަދި ވަގުގު ނަގާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ޖަޕާންގެ ހާލަތު މިހާރު އޮތް ގޮތަށް އޮވެއްޖެ ނަމަ ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ހެޔޮ ބަދަލު ފެންނާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.