ޖަޕާން

ޖަޕާނަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ޖަޕާނަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖަޕާނަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މި މުއްދަތުގައި ޖަޕާނުން 17.78 މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައިވާ ކަމަށް އެގައުމުގެ ޓޫރިޒަމް އެޖެންސީން ބުނެ އެވެ.

ޖަޕާނުގެ ނެޝަނަލް ޓޫރިޒަމް އޯގަނައިޒޭޝަނުން ހުކުރު ދުވަހު އިއުލާންކުރި މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ޖޫން މަހުގެ އަދަދަކީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރަށް ވުރެ އިތުރު އަދަދެކެވެ. ޖަޕާނަށް 2019 ވަނަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 16.63 އެވެ.

ޖަޕާނަށް އެންމެ ގިނައިން ޒިޔާރަތްކުރީ ދެކުނު ކޮރެއާގެ މީހުންނެވެ. ޖުމްލަ 4.4 މިލިއަން ފަތުރުވެރިން އެގައުމުން އައިސްފައިވާއިރު، ދެން އެންމެ ގިނައިން އެގައުމަށް އައިސްފައި ވަނީ ޗައިނާ، ޓައިވާން އަދި އެމެރިކާގެ ފަތުރުވެރިންނެވެ.

އިގްތިސާދީ މާހިރުން ދެކޭގޮތުގައި ޖަޕާނަށް މިހާ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރަމުން މިދަނީ އެގައުމުގެ ފައިސާ، ޖަޕަނީސް ޔެންގެ އަގު ވެއްޓުމާ ގުޅިގެންނެވެ.

ޔެން އަށް ވުރެ ނުފޫޒުގަދަ ފައިސާގެ ސަބަބުން ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއިތަކެއް ލިބި ހަރަދުވެސް ކުރިއަށް ވުރެ ކުޑަ އެވެ.

ޖަޕާނަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވުމަކީ އެގައުމުގެ އިގްތިސާދު ދުޅަހެޔޮކޮށްދީ އެ ގަމުގައި ބޭރު ފައިސާ ދައުރުވާލެއް ގިނަ ވާނެ ކަމެކެވެ. އެހެންނަމަވެސް އެގައުމުގެ ބައެއް އާންމުންނަށް މިކަމުގެ ސަބަބުން އުނދަގޫވާކަމަށް ބުނެ ނުރުހުން ފާޅުކޮށްފައި ވެސް ވެއެވެ. މިކަން ބޮޑަށް ފާހަގަކުރެވެނީ ބައެއް ގަދީމީ ސަރަހައްދުތަކުގައި އުޅޭ ވަޒަންވެރީންގެ ފަރާތުން ނެވެ.