ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސް، ހޮޓާތައް ގިންތިކޮށް ބިލް ކޮމެޓީން ފާސްކޮށްފި

Jun 14, 2022
ހުޅުމާލޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ބައެއް ގެސްޓްހައުސްތައް: ގެސްޓްހައުސްތައް ކްލެސިފައި ކުރަން ކޮމެޓީން ވަނީ ފާސްކޮށްފަ -- އަވަސް ފޮޓޯ
0%
0%
0%

ގެސްޓްހައުސްތަކާއި ހޮޓާތައް ގިންތިކޮށް، ތަފުސީލުކޮށް ބުނެދޭ ގޮތަށް، ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހު ކޮމެޓީން ފާސްކޮށްފި އެވެ.

ސަރުކާރުން ސްޕޮންސާކޮށްގެން ޓޫރިޒަމް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ގިންތި ކުރަން ހުށަހަޅާފައިވެ އެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮޓަރީން މިއަދު ވަނީ ގެސްޓްހައުސް އަދި ހޮޓާތައް ގިންތި ކުރަން ޓޫރިޒަމް ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފަ އެވެ. ކޮމެޓީން މިއަދު ގެނައި ބަދަލާއެކު މި ގާނޫނު ތަސްދީގުކޮށް ގެޒެޓު ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ރަޖިސްޓްރީ ގާނޫގައިވާ ގޮތަށް ބަދަލު ކުރަން ޖެހެ އެވެ.

މި ބިލުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 50 ކޮޓަރި އަށް ވުރެ މަދުން ކޮޓަރި
ހުންނަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގާނީ ތިން ޑޮލަރެވެ. އަދި މިއަށްވުރެ ބޮޑެތި ތަންތަނަކީ ހޮޓާގެ ގޮތުގައި ބަލައި ހަ ޑޮލަރުގެ ޓެކުހެއް ނެގޭނެ އެވެ. ނަމަވެސް މި ގާނޫނު ފުރިހަމަ ވެގެންދާނީ މިކަން އިތުރަށް ތަފުސީލުކޮށް ޓޫރިޒަމް މިނިސްޓްރީން ގަވައިދުތަކެއް ހަދައިގެންނެވެ.

މި ބަދަލުގެ އިތުރުން ގެސްޓްހައުސް ރަޖިސްޓްރީ ކުރަން މިހާރު ނަގާ 5،000ރ. ގެ ފީ ވެސް ކަނޑާލާނެ އެވެ. އަދި އެސްއެމްއީތަކަށް ފަސޭހަވާނެ ގޮތަށް ގިނަ ބަދަލުތަކެއް ގެންނާނެ އެވެ. އެ ބަދަލުގެ ތެރޭގައި ގެސްހައުސް ކެޓަގަރީގައި ހިމެނޭ ތަންތަނުގައި ބަދިގެ ނޫނީ ރިސެޕްޝަން ފަދަ ހިދުމަތްތައް ނެތި ނަމަވެސް ވިޔަފާރި ފަށަން ހުއްދަ ދިނުން ފަދަ ލުއިތައް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910