ކެބިނެޓް

މޯލްޑިވްސް ހެލްތު ސާވިސަސް އުފެއްދެވުމަށް ނިންމަވައިފި

Jun 14, 2022

"މޯލްޑިވްސް ހެލްތު ސާވިސަސް" އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމަވާފައި މިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއާ ދިނުމަށާއި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ސިއްހީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމުގެ ގޮތުންނެވެ.