އަފްޣާނިސްތާންގައި މިހާރު އޮތް ތާލިބާން ސަރުކާރު ގަބޫލު ކުވެވިދާނެ ކަމަށް ރަޝިއާ ބުނެފި އެވެ. ރަޝިއާގެ އަފްޣާން ސަފީރު، ޒަމީރު ކަބްލޯފް ވިދާޅުވި ގޮތުގައި އަފްޣާންއާ މެދު އަމަލު ކުރުމުގައި ރަޝިއާ އެހެން ބައެއްގެ މޫނަކަށް ނުބަލާނެ އެވެ.
ސަފީރު ވިދާޅުވި ގޮތުގައި އަފްޣާންއާ މެދު ގޮތެއް ނިންމުމުގައި އެމެރިކާ ކަންކުރާ ގޮތް މޮސްކޯ ނުބަލާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއަށް މުހިންމުވާނީ އަފްޣާން އާއެކު އޮތް ގުޅުން ދެމެހެއްޓޭނެ ގޮތެކެވެ.
ޒަމީރު ވިދާޅުވީ ދެގައުމުގެ މަޝްވަރާއަށް އަފްޣާންގެ ޑެޕިއުޓީ ޓްރޭޑް މިނިސްޓަރު ވަރަށް އަވަހަށް މޮސްކޯއަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްޣާނުން އެދިގެން ހުށަހަލާފައި ހުރި ކަންކަން ކޮށްދިނުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އަމުރު ކުރައްވާފަ އެވެ.
އަފްޣާނިސްތާނަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގައި ރަޝިއާ މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. ގޮވާމާއި އަދި އެހެނިހެން ތަކެތި އަފްޣާން އެދިފައިވާ ވަރަށް ރިޒާވްކުރަން ޕޫޓިން އަންގަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްޣާންގައި އޮތް ތާލިބާން ސަރުކާރު ބަލައިގަތުމާ ބެހޭ ގޮތުން ސަފީރު ވިދާޅުވީ ޕޫޓިން އާއި ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް މަޝްވަރާ ކުރައްވައި ގޮތެއް ނިންމަވާފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މޮސްކޯއިން ތާލިބާން ސަރުކާ ބަލައިގަތުން ގާތް ކަމަށާއި އަދި އެކަމަކު މަޝްވަރާ ވެސް ކުރައްވާނެ ކަމަށެވެ.