މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ މާރާމާރީ: ތިން މީހަކު ދޫކޮށްލައިފި

Jun 15, 2022

ސ. ފޭދޫގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފި އެވެ. އެ ތިން މީހުން ދޫކޮށްލީ ކޯޓުންނެވެ.

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ފޭދޫގެ 21 އަހަރުގެ ޒުވާނާ މަރުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. މަރުވެފައިވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ އެވެ.

ޒަޔާންގެ މަރާއި ގުޅިގެން ހައްޔަރު ކުރީ ކުޑަ ދެ ފިރިހެން ކުދީންނެވެ. ދެން ހައްޔަރު ކުރީ ފޭދޫގެ އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންނެވެ. ކޯޓުން މިއަދު ދޫކޮށްލީ އެ ތިން މީހުންނެވެ. އެ މީހުންނަކީ މަރުގެ ތުހުމަތުވާ ކުދީން ހައްޔަރު ކުރަން އުޅުމުން އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ.