އެލައިޑް އިންޝުއަރެންސް

ޗުއްޓީއަށް ދަނީ ކޮންތަނަކަށް؟

Jun 18, 2022
3

ބުރަ ދުވަސްތަކަކަށްފަހު ކުރިއަށް މިއޮތީ ހަމަޖެހިލުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި ކުރިމަތި މިވަނީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އެވެ. ޔުނިވާސިޓީތަކުގެ ޗުއްޓީ އެވެ. އިއްތިފާގުން ބޮޑު އީދު ޗުއްޓީ ވެސް ދިމާވަނީ މި ދުވަސްވަރަށެވެ. މިނިވަން ދުވަހުގެ ބަންދުވެސް އޮތީ ކުރިއަށެވެ. ދަތުރެއް ރާވަން ފަށައި، އޮފީހުގައި ޗުއްޓީއަށް އެދެފިން ހެއްޔެވެ؟ ދާނެ ތަނެއް ކަނޑައަޅައިފިން ހެއްޔެވެ؟

ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ މުހިއްމު ކަމަކީ ދަތުރުމަތީގައި ދިމާވެދާނެ ކަމަކަށް ދަތުރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ބޭރު ގައުމަކަށް ގޮސް އުޅޭއިރު ކޮންމެ ފަދަ ހާލަތަކާވެސް ކުރިމަތިލާން ޖެހިދާނެ އެވެ. ބުއްދިވެރި ގޮތަކީ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވެ ހުރުމެވެ. ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ލިބޭނެ ނިޒާމެއް ހޯދާފައި އޮތުމެވެ.

އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ޓްރެވަލް ތަކާފުލް ޕްލޭނަކީ ބޭރު ގައުމަކަށްދާ ދަތުރުގައި ގެންދަންވީ އެންމެ ގާތް އެކުވެރިޔާ އެވެ. ސިއްހީ އެމަޖެންސީއެއް ކުރިމަތިވިޔަސް، ޕާސްޕޯޓު ނުވަތަ އަތުގައި ހުރި އެހެނިހެން މުދާ ގެއްލުނަސް އެކަމުގެ ބުރަ އުފުލަން ނުޖެހޭ މަގު ތަނަވަސްކޮށްދޭ، ދަތުރުގެ ބައިވެރިޔާ އެވެ.

އަޔާދީގެ ޓްރެވަލް ޕްލޭނުގައި ތިން ޕެކޭޖެއް ހިމެނެ އެވެ. އެއީ އޭޝިއާގެ ގައުމުތައް ހިމެނޭ "ކޮންޓިނެންޓަލް" އެމެރިކާ އާއި ކެނެޑާ ނޫން ހުރިހާ ގައުމެއް ހިމެނޭ "އެލީޓް" އަދި ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭ "ޕްރިމިއާ" ޕެކޭޖެވެ.

މިއިން ކޮންމެ ޕެކޭޖެއްގައި ވެސް ދިމާވާ ހަލަތަކަށް ބަލާ ކަވަރޭޖު ފޯރުކޮށްދެނީ ވަރަށް ބޮޑެތި އަދަދުތަކުންނެވެ. އޭގެ ތެރޭގައި ދަތުރު ކެންސަލްވުން، ދަތުރު ޑިލޭވުން އަދި ފްލައިޓު ކެޓުން ފަދަ ހާލަތްތަކާއި ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ގެއްލުން އަދި ބެގޭޖާއި އަމިއްލަ އެހެނިހެން މުދާ ގެއްލުމާއި އެކްސިޑެންޓެއް ދިމާވެ ލިބޭ ޖިސްމާނީ އަނިޔާއާއި ޒަހަމްތަކާއި ސިއްޙީ އެމަޖެންސީއެއް ދިމާވެ ހޮސްޕިޓަލުން ފަރުވާ ހޯދަންޖެހުން ފަދަ ހާލަތްތަކުގައި ލިބޭ މާލީ ގެއްލުންތަކަށް ބޮޑެތި ބަދަލު މި ޓްރެވަލް ޕްލޭނުން ލިބޭނެ އެވެ.

މީގެ އިތުރުން ނަގުދު ފައިސާ ގެއްލިއްޖެނަމަ އެކަމުގެ ބަދަލު ހޯދުމާއި ދަތުރުގައި ގޮސް އުޅޭ ޤައުމުގައި ހިނގި ސިޔާސީ ހަމަނުޖެހުމެއް ނުވަތަ ގުދުރަތީ ހާދިސާއަކާ ގުޅިގެން އިވެކުއޭޓްވާން ޖެހިއްޖެނަމަ އެކަމުން ލިބޭ ގެއްލުމުގެ ބަދަލާއި އަދި ކޮވިޑް-19 ޖެހިގެން އަތުން ހިނގައިދާނެ ހަރަދުތަކުގެ ބަދަލު ލިބޭ ގޮތަށް މިކަންކަން ޕްލޭނަށް އިތުރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ގާތްގަނޑަކަށް 71,000 ޑޮލަރާއި 340,000 ޑޮލަރާ ދެމެދުގެ އަދަދުން ކަވަރޭޖު ފޯރުކޮށްދޭ އަޔާދީގެ ޓްރެވަލް ތަކާފުލްއަކީ ބޭނުންތެރި އަދި ނެގުމަށް ފަސޭހަ ތަކާފުލް ޕްލޭން މައި އެލައިޑް ފޯޓަލް މެދުވެރިކޮށް، ދަތުރުގައި ދާ ޤައުމާއި ދަތުރުގެ މުއްދަތާއި ބައިވެރިންގެ އުމުރު ޖެހުމުން ތަކާފުލް ޕްލޭނުގެ ތިން ޕެކޭޖުން ހުށަހަޅާ ދައްކަންޖެހޭ ވަރު ފެންނާނެ އެވެ. އޭގެ ތެރެއިން ނެގުމަށް އެދޭ ޕްލޭން އަދި އެދޭނަމަ އިތުރު ކަވަރތައް ނެގުމަށް ފަހު އެ ޕޯޓަލް މެދުވެރިކޮށް ބޭނުވެލައްވާ ތަކާފުލް ޕްލޭން ނަގާލެވޭނެ އެވެ. މިއީ ޖީބަށް ލުއި އަދި އޭގެ ފައިދާ ވަރަށް ބޮޑުތަނުން ލިބޭނެ ޕްލޭނެއް ކަމުން ހިތްހަމަޖެހިލައިގެން ޗުއްޓީ އަށް ފުރުމުގެ ކުރިން އަޔާދީގެ ޓްރެވަލް ތަކާފުލް ކޮންމެހެން ވެސް ނަގަންވާނެ އެވެ.

ނޯޓް: އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯ އެކެވެ.