ހުސައިން ޝަމީމް

ޕީޖީ ޝަމީމް ޓްވިޓައާ ދުރަށް

Jun 19, 2022
3

ޓްވިޓާގައި ހަރަކާތްތެރި ބޭފުޅެއް ކަމުގައިވާ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފި އެވެ.

ޝަމީމް ޓްވިޓާ ބޭނުންކުރެއްވުން ހުއްޓަވާލެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ނަމަވެސް ޝަމީމްއާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދަނީ ބޮޑު ތުހުމަތެއްކޮށް ތަފާތު ހަބަރުތައް ލިޔަމުންނެވެ. ޝަމީމް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ. އަދި ފުލުހުން ވެސް ވަނީ ޝަމީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުން ނުދާ ކަން ހާމަކުރައްވާފަ އެވެ.

ޝަމީމަކީ އެކި މައްސަލަތަކުގައި ޓްވިޓާގައި ވަރަށް ގިނައިން ވާހަކަދައްކަވާ އަދި ޕީޖީ އޮފީހަށް އަމާޒުވާ ބައެއް މައްސަލަތަކުގައި ޓްވިޓާގައި ރައްދުވެސް ދެއްވާ ބޭފުޅެކެވެ.

ޝަމީމަށް ބޮޑު ކުށެއްގެ ތުހުމަތު އަމާޒުކުރަން ފެށީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ފަހުންނެވެ.

ޓްވިޓާގައި ޝަމީމް ފޮލޯ ކުރާ މީހުންގެ އަދަދު 34،000 އަށް ވުރެ ގިނަ އެވެ.