ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މާލެ ވަަޑައިގެންފި

Jun 19, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ށ. ފުނަދޫއަށާއި، ނ. ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅަކީ، ށ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫ އަށެވެ. އަދި ހޮޅުދޫއަށް އެމަނިކުފާނު ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ.

ފުނަދޫ އާއި ހޮޅުދޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ދެ ރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާއި ގުޅޭ ކަންކަމުގައި ވެސް މަޝްވަރާކުރައްވާފަ އެވެ.

މި ދެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހް އެނބުރި މާލެ ވަޑައިގެންނެވީ މިއަދު މެންދުރު އެވެ.