މޯލްޑިވްސް ޕޮލިސް ސާވިސް

ނުވަ ކޭސް ބަނގުރާ އަތުލައިގެންފި، ދެ މީހަކު ހައްޔަރު

ނުވަ ކޭސް ބަނގުރާ އަތުލައިގަނެ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޕިކަޕަކަށް ބަނގުރާ ކޭސްތަކެއް އަރުވަނިކޮށް ފެނުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދެ ބިދޭސީންނެވެ.

އެ ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 5:30 ހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނެވެ.

ފުލުހުން ބުނީ އެ ދެ ބިދޭސީންނާއެކު އުޅުނު އިތުރު މީހަކު ފުލުހުން ފެނުމުން ފިލާފައިވާ ކަމަށެވެ. އެއީވެސް ބިދޭސީއެކެވެ.

މި މައްސަލާގައި ފުލުހަކު ހިމެނޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީ ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ބުނީ މި މައްސަލާގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.