ތެލުގެ އަގު

އެެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާތީ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށާ އެހެން ކަމުން ޖޫން 24 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭ އަގުތަކަށް ބަދަލު ގެނެސް ބޮޑު ކޮށްފައިވާ ކަމަށެވެ.

ދެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރުފިޔާ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 16.77 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިއީ މި އަހަރުތެރޭ ތެލުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ.