ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަނެއްކާވެސް އަގު ހެޔޮކޮށްފި އެވެ.
ތެލުގެ އަގަށް ގެނައި ބަދަލާއެކު މިރޭ 12:00 އިން ފެށިގެން ޑީސަލް ލީޓަރަކުން 63 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 41 ލާރި އަގު ހެޔޮކޮށްފައިވެ އެވެ.
މިއީ މިއަހަރު ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ. އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ހެޔޮ އަގުގައި އަދި ދެމެހެއްޓެނިވި ގޮތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.