އެސްޓީއޯ

ތިން ހަފްތާތެރޭ ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާތީ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން ބުނީ ވޭތުވެދިޔަ ދުވަސް ތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އެހެންވެ ތެލުގެ އަގު ބޮޑު ކުރީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

މި ބަދަލުގެ ސަބަބުން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް އެ ކުންފުނިން ވަނީ ބޮޑުކޮށްފަ އެވެ.

މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 12.98 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 13.04 ރުފިޔާ އަށެވެ.

މީގެކުރިން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް އެސްޓީއޯ އިން ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ.