ދިރާގު

ދިރާގުން އީދު ދަތުރު ލިބޭ ކޮންޓެސްޓެއް

Jun 24, 2022

މާފުށީގައި ދެ ދުވަހުގެ ހުރުމާއެކު ގިނަ އިނާމުތަކެއް ލިބޭ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ދިރާގުން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މޯބައިލް ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ދިރާގުން ފަށާފައިވާ މި ކޮންޓެސްޓަކީ ޑިޖިޓަލް އެންގޭޖުމަންޓް އިތުރުކުރަން ހިންގާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "ވޯޑް ސާޗް" ކުރަން ޖެހެ އެވެ.

މި ބަސްތަކުގައި ހިމެނެނީ "މޯލްޑިވްސް" އާއި "ފާސްޓަސްޓް" އަދި "މޯބައިލް" "ނެޓްވޯކު" އަދި "ދިރާގު" މި ބަސް ތަކެވެ. މި ޕޯސްޓު ސްކްރީންޝޮޓް ކުރުމަށްފަހު އޭގެން ފަސް ބަހެއް ހޯދަން ޖެހެ އެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ދެ ފަރާތަކަަށް 14 އިން 16 އަށް މާފުށީގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދެ އެވެ. މި ޗުއްޓީ ހޭދަކުރާނީ މާފުށީގައި ހުންނަ ވެލާނާ ހޮޓަލްގަ އެވެ.

މި ދަތުރު ލިބޭ ފަރާތްތަކަށް ކެއުމާއި ލޯންޗްގެ ދެކޮޅު ޓިކެޓު ލިބޭނެ އެވެ. މި މުބާރާތް ކުރިއަށް ދާނީ މިރޭ 12ގެ ނިޔަލަށެވެ.