މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޖުވެރީން ފުރާއިރު ޓްރެފިކަށް ބަދަލެއް

Jun 25, 2022

ޙައްޖުވެރިން ޙައްޖަށް ފުރުމަށް ހަމަޖެހިފައިވާ ވަގުތުތަކުގައި ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފި އެވެ.

މިއީ ހަައްޖުވެރީން ފުރުމަށް ފަސޭހަ ކޮށް ދިނުމުގެ ގެންނަން ނިންމާފައިވާ ބަދަލެކެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހާއި 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު އެވެ. މި ދުވަސްތަކުގައި ހައްޖުވެރީން ފުރާނީ އިރުއޮއްސި ހަތަކުން އަށާކާ ދެމެދުގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ޗާޓް (މަތީގައި) ވަނީ އާންމުކޮށްފައެވެ.