ހައްޖުގެ އަޅުކަން

157 މީހަކު ހައްޖަށް ފުރައިފި

1433 ވަނަ އަހަރު ހައްޖަށް ދާ ފުރަތަމަ ގުރޫޕްގެ މީހުން މިރޭ ފުރައިފި އެވެ.

މިރޭ ފުރާފައި ވަނީ 157 މީހުންނެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބެނީ 453 ކޯޓާ އެވެ. އެހެން ކަމުން ހުރިހާ ޖާގައެއް މިފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އަންގައިގެން އެ ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަންގެ ދަފްތަރުގައި ނެތް 100 މީހަކަށް ފުރުސަތު ދީފައެވެ. ބާކީ ހުރި 353 ޖާގައަށް ދަނީ ކޯޕަރޭޝަންގެ ދަފްތަރުގައިވާ މީހުންނާއި އެހީތެރިންނެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވާފައެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ. މީގެ ކުރީ އަހަރުތަކުގައި މި މަގާމަށް އެކި މިނިސްޓަރުން ހަމަޖައްސައިފައިވެ އެވެ.

ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.