ރައްޔިތުންގެ މަޖިލިސް

2019 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހޮޓަލަށް ކުރި ހަރަދު 38 މިލިއަނަށް

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
0%
0%
0%

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 2019 ވަނަ އަހަރު ކުރި ހައްޖު ދަތުރުގައި މައްކާ އާއި މަދީނާގައި ތިބުމަށް 38.1 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނުން 2019 ވަނަ އަހަރުގެ ތެރޭގައި ކުރި ހައްޖު ދަތުރުގައި ކުރި ހަރަދުގެ ތަފުސީލު ލިޔުމުން ހޯދުމަށް ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ.

އެ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓަލަށް ކުރި ހަރަދުގެ ތަފުސީލާއި މުތައްވިފަށް ދެއްކި ފައިސާގެ އަދަދާއި ހައްޖަށް ދިއުމަށް އާންމުން ދެއްކި ފައިސާގެ އިތުރުން ދަތުރަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރިނަމަ ތަފުސީލު ހޯދުމަށް މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން އެ އަހަރުގެ ހައްޖު ދަތުރުގައި މައްކާގައި 28 ދުވަސް ހޭދަކޮށްފައިވާ ކަމަށާއި ހޮޓަލަށް 34.5 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. މަދީނާ ހޮޓަލުގައި ދެ ދުވަސް ހޭދަކުރިއިރު ހޮޓަލަށް 3.57 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްޖު ދަތުރުގައި މުތައްވިފަށް 16.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހައްޖަށް ދިއުމަށް އާންމުން ދެއްކި ފައިސާގެ އަދަދު މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910