މޯލްޑިވްސް ޕޮލިސް ސާވިސް

ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރަށް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެ މީހުންނަކީ ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު އަދި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް އެވެ.

ފުލުހުން މިއަދު ބުނީ މި ދެ މީހުންގެ ތެރެއިން އަބޫބަކުރު ފާރިއުގެ ބަންދަށް ކްރިމިނަލް ކޯޓުން ދެ މަސްދުވަހުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ. އަދި ޝަބިމް އާދަމްގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ދަނޑަށް ވަދެ ތަކެއްޗަށާއި މީހުންނަށް ބިރުދައްކައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ 21 މީހުން ހައްޔަރުކޮށްފަ އެވެ.

އެގޮތުން މިމަހުގެ 21 ވަނަ ދުވަހު ހަ މީހަކުން އަދި 22 ވަނަ ދުވަހު ހަ މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ އަނެއް ދުވަހު ދެ މީހަކު އަދި 24 ވަނަ ދުވަހު ފަސް މީހުން ހައްޔަރުކޮށްފައިވެ އެވެ.

ހަމަނުޖެހުމާ ގުޅިގެން ހައްޔަރުގައި ތިބި މީހުން

  • ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް
  • ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން
  • ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް
  • ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް
  • ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން
  • ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަހުމަދު
  • ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއިލް
  • ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން
  • ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  • ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  • ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދު
  • ކ. މާލެ، މ. ފަޅުމަތީގެ، އަހުމަދު އަލީ
  • ކ. މާލެ، ގ. ކޮލަމްބިއާ މުހައްމަދު ޒީޝާން ނާސިރު
  • ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
  • އއ. މާޅޮސް، ލަކީސްޓާ، އަލީ މިރުޝާދު
  • ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  • ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު
  • ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހަމަނުޖެހުން ހިންގި އިރު ސަރުކާރުގެ އިސްވެރިންގާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި ހައިކޮމިޝަނަރުން ވެސް ތިއްބެވެ.