މޯލްޑިވްސް ޕޮލިސް ސާވިސް

ޔޯގާ ހަމަނުޖެހުން: ހައްޔަރު ކުރަން ޖެހޭ މީހުން އަދިވެސް އެބަތިބި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ މީހުން އަދިވެސް އެބަ ތިބި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށާ މިހާތަނަށް ބެލި ބެލުމުން އެ ހަމަނުޖެހުން ހިންގުމުގައި ހަތަރު މީހަކު އިސްކޮށް އުޅުނު ކަމަށް ފާހަގަ ވެފައިވާ ކަމަށެވެ. އެ މީހުންނަކީ އަނިޔާވެރި ވުމަށް ބާރުދީ އެފަދަ ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ދިން މީހުން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެއީ ކިހާ މީހުންނެއް ކަމެއް ވިދާޅެއް ނުވިއެވެ.

ހަމަނުޖެހުމާ ގުޅިގެން ހައްޔަރުގައި ތިބި މީހުން

  • ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް
  • ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން
  • ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް
  • ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް
  • ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން
  • ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަހުމަދު
  • ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއިލް
  • ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން
  • ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  • ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  • ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދު
  • ކ. މާލެ، މ. ފަޅުމަތީގެ، އަހުމަދު އަލީ
  • ކ. މާލެ، ގ. ކޮލަމްބިއާ މުހައްމަދު ޒީޝާން ނާސިރު
  • ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
  • އއ. މާޅޮސް، ލަކީސްޓާ، އަލީ މިރުޝާދު
  • ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  • ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު
  • ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  • ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  • ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ރިޔާޒު ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގި މީހުން ސަފުތައް ފޫއަޅުވާލާފައި ވަތްއިރު ދަނޑުގައި ހަ ގައުމެއްގެ ސަފީރުން ތިއްބެވި ކަމަށެވެ. އަދި ސަރުކާރުގެ މިނިސްޓަރުންނާއި ކުޑަކުދީންނާއި ބައެއް އާއިލާތައް ތިބި ކަމަށެވެ. ހަމަނުޖެހުން ހިންގި ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ހައްޔަރު ކޮށްފައިވާ ބައެއް މީހުންނަކީ ޔޯގާ ހެދުން ހަރާމް ކަމަށް ބުނެ އެކަމާއި ގުޅޭގޮތުން އަޑުއުފުލުމުން ހައްޔަރު ކޮށްފައިވާ މީހުން ކަމަށް ބައެއް މީހުން ބުނާތީ އެކަމަށްވެސް ރިޔާޒު ރައްްދު ދެއްވިއެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އެ ގޮތަކަށް ބަޔަކު ދެކޭނަމަ އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.