ދިރާގު

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

Jun 28, 2022

އަންނަ މަހު މާފުށީގައި ބާއްވާ އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް 2022ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި އެވެ.

ރާއްޖެއަށް ގިނަ ރަން ވަނަތަކެއް ހޯދަމުން ގެންދާ ބޮޑީ ބިލްޑިންގެ އޭޝިއާގެ ޗެމްޕިއަންޝިޕް މުބާރާތް އޮންނާނީ އަންނަ މަހުގެ 15 އިން 21 އަށް ކ. މާފުށީގަ އެވެ.

ބޮޑު މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިގެން ދިއުމާ ގުޅިގެން އެ ކުންފުނީގެ ސީނިއަ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ 54 ވަނަ ބޮޑީ ބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތުގެ ޕާޓްނަރަށްވުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

ބޮޑީ ބިލްޑިން ޕެޑަރޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ ދިރާގު ޑިޖިޓަޕް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީތީ އެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށާ، މުސްތަގުބަލުގައިވެސް މި ކުޅިވަރު އެހެން ލެވަލްއަކަށް ގެންދަން އެހީތެރިވެދޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ބޮޑީ ބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތުގައި 25 ގައުމަކުން 500 ބައިވެރިވެރިން ވާދަކުރާނެ އެވެ.