ރާއްޖެ ކުޅިވަރު

ބަކާ ވެސް ގައުމީ ޓީމާއެކު ނުދާން ނިންމައިފި

Jan 5, 2016

ބަނގްލަދޭޝްގައި ހުކުރު ދުވަހު ފަށާ ބަންގް ބަންދު ގޯލްޑް ކަޕުގައި ނުކުޅެން ގައުމީ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ވެސް ނިންމައިފި އެވެ.

މިޔަންމާގެ ކޭބީޒެޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުނީ އަމިއްލަ ސަބަބަކާހުރެ މުބާރާތް ނުކުޅޭނެ ކަމަށެވެ.

ބަކާ އަކީ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމުގެ ފުރަތަމަ 11އިން ކޯޗު ފުރުސަތު ދީފައިނުވާ ކުޅުންތެރިއެކެވެ. ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅެން ނެރުނު ނަމަވެސް އޭގެ ފަހުން ބަކާގެ ބަދަލުގައި ފުރަތަމަ 11އަށް ކުޅުވީ އަލީ ފާސިރު (ސެންޓޭ) ލައްވަ އެވެ.

ބަކާ ގައުމީ ޓީމާއެކު ނުދާން ނިންމިއިރު ކީޕަރު އިމްރާން މުހައްމަދާއި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޓީމާއެކު ނުދާނެ އެވެ.