މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަނި

Jun 29, 2022

ހުޅުމާލެއިން އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށަަައިިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ) އެވެ.

ފުލުހުން ބުނީ ޝިއުނީ ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެއަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައެއް ނުވާ ކަމަށެވެ.

ޝިއުނީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަންގައި ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.