ސައުދީ އަަރަބިއްޔާ

ހައްޖު ދުވަހަކީ ޖުލައި 8، އީދަކީ ނުވަވަނަ ދުވަސް

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން --
0%
0%
0%

މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ދެންމެ ކަނޑައަޅައިފި އެވެ.

ސައުދި އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި ޒުލްޣައިދާ މަހުގެ އެންމެ ފަހު ދުވަހަކީ މިއަދު އެވެ. ހައްޖު މަހުގެ އެއްވަނަ ދުވަހަަކީ މާދަމާ އެވެ. ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އަލްހާ އީދު ދުވަހަކީ ނުވަ ވަނަ ދުވަހެވެ. އީދު ދުވަސް މިފަހަރު ދިމާވަނީ ހޮނިހިރު ދުވަހަށެވެ.

ސައުދީ ސަރުކާރުން މިރޭ ބުނީ ހަނދު ފެނިފައިވާތީ މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްވެގެންވާ ދުވަސްތަކެކެވެ. އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެވެ.

މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ އެއް މިލިއަން މީހުންނަަށެވެ. ކޮވިޑްގެ ކުރީން ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910