ހައްޖުގެ އަޅުކަން

ހާޖީންނަށް އެހީވުމަށް ސްމާޓް ރޮބޮޓްތަކެއް

މަދީނާގައި ގެންގުޅޭ ސްމާޓް ރޮބަޓެއްގެ ކައިރީގައި ހާޖީން
0%
0%
0%

ހައްޖުގެ އަޅުކަން ކުރަން ދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްމާޓް ރޮބޮޓް ތަކެއް ސައުދީ އަރަބިއާ އިން ތައާރަފްކޮށްފި އެވެ.

ސައުދީގެ ޕްރެސް އޭޖެންސީ -- އެސްޕީއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުން ހެލްތް މިނިސްޓްރީން ވަނީ މަދީނާގައި ހައްޖުވެރިން އާންމުކޮށް އުޅޭ ހިސާބުތަކުގައި މި ރޮބޮޓްތައް ބަހައްޓާފަ އެވެ.

ބޭނުމަކީ ހާޖީން އެކި ކަންކަމަށް ހޭލުންތެރިކުރުވުމާއި، އިލްމީ މެސެޖުތައް ދިނުމާއި ސިއްހީ ލަފާ ދިނުމެވެ.

މި ރޮބޮޓްތަކަށް 96 ބަހުން ވާހަކަ ދެއްކުމުގެ ގާބިލްކަން ލިބިފައިވެ އެވެ.

ހައްޖުގެ އަޅުކަމުގައި އުޅޭ މީހުންނާއި ސައުދީއަށް އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް އަމާޒުކޮށް ޕްރޮމޯޝަނަލް ބައެއް ހަރަކާތްތައްވެސް މި ރޮބަޓްތައް ކުރިއަށް ގެންދެ އެވެ.

ރޮބަޓްތަކުގެ އިތުރުން ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސްޖިދުލް ނަބަވީ ކައިރީގައި އޮންނަ ކޯޓްޔާޑުގައި 24 ގަޑިއިރު 220 މީހުންގެ ގުރޫޕެއް ހަރަކާތްތެރިވެ އެވެ. މި ގުރޫޕްތަކުގެ އިތުރުން މަދީނާގެ މުހިއްމު ސަރަހައްދުތަކުގައި ހާޖީންނަށް ދިމާވާ ސިއްހީ އަދި ކުއްލި ހާލަތްތަކުގައި އެހީތެރިވުމަށް އިތުރު 12 އަށް ވުރެ ގިނަ ޓީމުތައް ހަރަކާތްތެރިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910