މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޔަރު ކުރީ މިންބަރަށް އަރާ އަޑުގަދަ ކުރި މީހެއް

ސަލްމާން މިސްކިތުގެ މިންބަރަށް އަރާ ހުރެ އަޑުގަދަ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ސަލްމާން މިސްކިތަށް ހުކުރަށް ދިޔަ މީހަކު ހައްޔަރު ކުރަަން ފުލުހުން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ މީހާ ހައްޔަރު ކޮށްގެން ގެންދިޔަ ސަބަބާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުުހުން ދެންމެ ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރާ ހުރެ މީހަކު އަޑުގަދަ ކުރާ ކަމުގެ ރިޕޯޓެއް 12:24 ގައި ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މައްސަލައަ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 43 އަހަރުގެ މީހެއް ކަމަށްވެސް ބުންޏެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ މިންބަރުގައި ހުރެ އެކި ވާހަކަތައް ދައްކާފައެވެ. އޭރު ހުތުބާ ފަށަން އޮތީ މަދު ވަގުތުކޮޅެކެވެ. ފުރަތަމަ އޭނާ ވާހަކަ ދައްކަން ފެށިއިރު މިސްކިތުގައި ތިބި މީހުން އަޅާ ނުލައިތިބީ އެވެ. މިސްކިތާއި ހަވާލުވެ ތިބި މީހުން ވަނީ މިންބަރުން ފޭބުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް އޭނާގެ ވާހަކަ ނުހުއްޓާ ކުރިއަށް ގެންދިއުމުން މިސްކިތުގައި ތިބި މީހުން ވަނީ އޭނާ އެތަނުން ބޭލުމަށް މަސައްކަތް ކޮށްފައެވެ. އޭރުވެސް އޭނާ ގެންދިޔައީ "ދައްޖާލު އެރުމާ" ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އަދި އޭނާއަކީ މޮޔައެއް ނޫން ކަމަށާ އޭނާ ދެނީ ހެޔޮ ނަސޭހަތް ކަމަށް ދިޔައީ ބުނަމުންނެވެ.