އެމްއެމްއޭ

އެމްއެމްއޭގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ލީކުވި މައްސަލަ ބަލަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތުތަކެއް ލީކުވި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެމްއެމްއޭ އިން ބުނީ މުވައްޒަފުންގެ ޒާތީ މައުލޫމާތަކީ ރައްކާތެރިކަމާ އެކު ބެލެހެއްޓިފައި ހުންނަންޖެހޭ މައުލޫމާތު ކަމަށްވާތީ އެފަދަ މައުލޫމާތެއް ލީކުވެފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މިމައްސަލަ ބަލަމުން ދަނީ އެމްއެމްއޭގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުންނެވެ.

އެމްއެމްއޭގެ އިސް މުވައްޒަފެއްގެ މައުލޫމާތު ސޯޝަލްމީޑިއާގައި ލީކްކޮށްލީ މި ހަފްތާގެ ތެރޭގައެވެ.

އެމްއެމްއޭ އިން މިމައްސަލަ ބެލުމަށް ފުލުހުންގެ އެހީތެރިކަން ހޯދާފައިވެ އެވެ.

ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް އެމްއެމްއޭ އިން ހިއްސާކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910