ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ހަ އާއިލާއެއް ވަގުތީ ހިޔާގައި

މިވަގުތު ތިން ރަށަކުން ހަ އާއިލާއެެއް ތިބީ ކައުންސިލް އިދާރާގައި ވަގުތީ ބޯހިޔާވަހިކަމުގައި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ އެ މީހުންނަށް ބޭނުންވާ ތަކެއްޗާއި އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ސިފައިންނާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

ތަފާސް ހިސާބު ދައްކާ ގޮތުން އިއްޔެ އާއި މިއަދު 11 އަތޮޅެއްގެ 34 ރަށަކަށް އުދަ އަރާ އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއަށް ވަނީ ރިޕޯޓް ކޮށްފައެވެ. އައްޑޫ ސިޓީ މަރަދޫއަށް އުދައަރާ 50 ގެއަކަށް ގެއްލުންވެފައިވެއެވެ. އަދި އެއް އާއިލާއެއް މިވަގުތު ތިބީ ކައުންސިލް އިދާރާގައެވެ.

މީގެ އިތުރުން ތިމަރަފުށީގެ 30 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އެއް އާއިލާއެއް ތިބީ ވަގުތީ ހިޔާގައި ކައުންސިލް އިދާރާގައެވެ. އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު މަޑަވެލީގެ ހަތަރު އާއިލާއެއް މިވަގުުތުވެސް ތިބީ ވަގުތީ ބޯހިޔާވަހި ކަމުގައެވެ.

އެމްޑީއެމްއޭ އިން ބުނީ ށ. ބިލެތްފަހިއަށް "ރޯޅި" އެއް އަރާ ތިން ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ.