ބާ ކައުންސިލުގެ އެކްސްކޯއަށް އިތުރު ތިން މެންބަރުން އިންތިހާބު ކޮށްފި އެވެ.
ޖޫން 11 ގައި ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ ދެވަނަ އެގްޒެކްޓިވް ކޮމެޓީގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި މެންބަރުންގެ އަދަދު މަދުވުމުން މިއަދު ވަނީ އެ އެގްޒެކްޓިވް ކޮމެޓީއަށް އިތުުރު ތިން މެންބަރުން ހޮވުމަށް ދެވަނަ ބުރެއް ބާއްވާފައެވެ.
ފަސް ގާނޫނީ ވަކީލަކު އިންތިހާބުގައި ވާދަކޮށްފައިވާއިރު އެގްޒެކްޓިވް ކޮމެޓީއަށް އިންތިހާބު ވެފައިވަނީ ދީނާ ހުސައިން އާއި އަލީ އަބްދުލްލަތީފް އާއި އައިޝަތު މުނީޒާ އެވެ.
މި އިންތިހާބުގެ ނަތީޖާއާއެކު ބާ ކައުންސިލްގެ ދެވަނަ އެގްޒެކްޓިވް ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އާއި ނާއިބު ރައީސް މިޒްނާ އަހުމަދު އާއި އަހުމަދު މުއިއްޒު އައި އިބްރާހިމް ޝަމީލް އާއި ސާދިހު ނަސީރު އާއި ދީނާ ހުސަިއން އާއި އަލީ އަބްދުލްލަތީފް އާއި އައިޝަތު މުނީޒާ އެވެ. ދެން މަގާމުގެ ހައިސިއްޔަތުން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތެވެ.