މޯލްޑިވްސް ޕޮލިސް ސާވިސް

ހިޔާ ފްލެޓްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

Jul 3, 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ޕޮލިސް ސްޓޭޝަން ހުޅުވަނީ -- ފޮޓޯ: ޕޮލިސް
0%
0%
0%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި އެވެ.

މިކަމަށްޓަކައި ފުލުހުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.

ދެވަނަ ފިޔަވަހީގައި ގާއިމުކުރި ފުރަތަމަ ޕޮލިސް ސްޓޭޝަން ހުޅުވާފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް ފޯ ޓަވަރުގައެވެ.

ފުލުހުން ބުނީ މި ޕޮލިސް ސްޓޭޝަނަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ފުލުހުން އިސްކަންދޭތީ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދިނުމަށް ހުޅުވި ސްޓޭޝަނެއް ކަމަށެވެ.

ހިޔާ ސަރަހައްދުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވާފައި މިވަނީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފައްދާ ބައެއް މީހުން ޝަކުވާ ކުރަމުން ދަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910