އެޗްޑީސީ

ތިން މަހުގެ ތެރޭގައި ކެމަރާ ހަރުކޮށް ނިމޭނެ: އެޗްޑީސީ

ހިޔާ ފްލެޓްގައި ސީސީޓީވީ ކެމެރާ ހައުކުރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުން: އެ މަސައްކަތް ތިން މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ބުނޭ---
0%
0%
0%

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓް ތަކުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފްލެޓްތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ

ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަންވެސް އެޗްޑީސީން ދީފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސޯޝަލް ހައުސިން މަޝްރޫއެއްގެ ގޮތުގައި ހިންގި އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ހިޔާ ފްލެޓް" މަޝްރޫއުގެ 16 ޓަވަރުގައި 7،000 އަށް ވުރެ ގިނަ އެޕާޓްމަންޓް ހުރެ އެވެ. ނަމަވެސް ބައެއް އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް އެޕާޓްމަންޓްތައް ނެގުމަށް ފަހު މީހުން ދިރިއުޅެން މިހާރު ދޫކޮށްފައިވަނީ 6،720 އެޕާޓްމަންޓެވެ.

ހިޔާ ފްލެޓުގެ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެތަނުގައި ޖުމްލަ 35،000 އަށް ވުރެ ގިނަ މީހުން މުސްތަގުބަލްގައި ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާ ކުރެވެ އެވެ.

އެ ސަރަހައްދުގެ ސެކުރިޓީ ބެލެހެއްޓުމަށް ހަތަރުވަނަ ޓަވަރުގައި ޕޮލިސް ސްޓޭޝަނެއް ވެސް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910