ޕީޕީއެމް

ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިރޭ އޮތް ޕީޕީއެމްގެ ކައުންސިލް ބައްދަލްވުމުގައެވެ. އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ރިޔާސަތު ބެލެހެއްޓެވި މިރޭގެ ބައްދަލްވުމާއި ގުޅޭގޮތުން އެ ޕާޓީން ބުނީ ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަަށް މިރޭގެ ބައްދަލްވުމުން ފާސް ކޮށްފައިވާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލު ކުރެއްވުމަށް ހުށައެޅުއްވީ ރިޔާސަތުން، ރައީސް ޔާމީން ކަމަށެވެ. އެ ހުށައެޅުން ފާސްކޮށްފައިވަނީ ކައުންސިލްގެ އަގުލަބިއްޔަތުން ކަމަަށެވެ.

މިރޭ އޮތް ކައުންސިލް ބައްދަލްވުމުގައި ޕީޕީއެމްގެ އެޑްވައިޒަރުން ކަމަަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.