ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި

Jul 4, 2022
1
ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގަތުމަށްޓަކައި މަތިންދާބޯޓަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު ހެނދުނު ހައްޖަށް ފުރާވަޑައިގަތީ ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ އަމީރުލް ހައްޖަކަށް ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދިން މިންވަރު ވަނީ މަދުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910