ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، މިނާގައި ތިބި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވައި ހާލު ބައްލަވައިފި އެވެ.
މިއަހަރު ރާއްޖެއިން 453 މީހަކު ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.