ދުނިޔެ

އަދިވެސް އެންމެ ވަރުގަދަ އިގުތިސޯދަކީ އެމެރިކާ: ބައިޑަން

އެމެރިކާގެ މިނިވަން ދުވަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ބައިޑަން ވާހަކަ ދައްކަވައިފި އެވެ. ބައިޑަންގެ ވާހަކަތައް ކުރިފަޅުވައި އެކި ދިމަދިމާއަށް އަލިއަޅުއްވާލެއްވި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ދުނިޔޭގައި އަދިވެސް އެންމެ ވަރުގަދަ އިގުތިސޯދަކީ އެމެރިކާ އެވެ. އެމެރިކާއަށް ގޮންޖެހުންތައް ބައްލަވާލެއްވި ކޮންމެ ދިމާއެއްގައި ހުރި ނަމަވެސް އެކަމެއްގެ މައްޗަށް ކާމިޔާބު ހޯދައި ދެމިތިބެވެނީ އިގުތިސޯދު ވަރުގަދަކަމުން ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގައި އެމެރިކާ ނުބެހޭ ކަމެއް ނެތެވެ. އެމެރިކާ ދެކޭ ގޮތުގައި އެގޮތަށް ކަންތައް ވަނީ އެމެރިކާއަށް އޮތް ޒިންމާއެއްގެ ބޮޑުކަމުންނެވެ.

ބައިޑަން ވިދާޅުވި ގޮތުައި އެމެރިކާގައި މަސައްކަތްކުރާ މީހުން އެބަ ގިނަވެ އެވެ. މިއިން ޒަމާނެއްގައި ސްކޫލު ނުނިންމާ ވަރަށް ކުދިން ސްކޫލް ނިންމައި މަތީ ތައުލީމު ހޯދަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ގުޅިގެން އެމެރިކާއަށް ލޮޅުންއެރި ކަމަށް ވިދާޅުވެ ބައިޑަން ވިދާޅުވީ އެ މަރުހަލާތައްވެސް މިހާރު ކަޑައްތު ކުރެވެމުންދާ ކަމަށެވެ.

ބައިޑަން އަދި ވިދާޅުވީ އެމެރިކާގެ ހާލަތު އެމެރިކާ އެދޭގޮތަށް ލަސްތަކެއް ނުވެ ބަދަލުވާނެ ކަމަށާއި ދުނިޔޭގެ މަސްލަހަތު އޮތީ އެމެރިކާ ބޭނުންވާ ގޮތަށް ކަމަށެވެ.

ދުނިޔޭގެ ސިޔާސަތު ބައްޓަން ވަމުން އަންނަ ގޮތަށް ބައްލަވައި ބައިޑަން ވިދާޅުވި ގޮތުގައި މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަށް މިނިވަން ދުނިޔެ ތައްޔާރު ކަމަށެވެ.

ޗައިނާގެ އިގުތިސޯދު އެމެރިކާއާށް ގޮންޖަހާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ސީދާ ރައްދެއް ނުުދެއްވި ނަމަވެސް، ބައިޑަންގެ ތަގުރީރުގައި އެމެރިކާގެ އިގުތިސޯދަށް އަލިއަޅުއްވާލެއްވީ ބައިޑަން ސަރުކާރުން ބޭކާރު -- ގައުމަށް ފައިދާއެއް ނެތް ޚަރަދުތައް ކުރާ ކަމަށް ތުހުމަތު ކުރެވިފައި އޮތަތީ އެވެ.

އެމެރިކާއިން ޔުކްރޭނަށް ހިފެހެއްޓުމެއް ނެތި ވެދޭ މާލީ އަދި ފަންނީ އެހީތެރިކަމަކީ ގައުމު އުފުލަންޖެހޭ ބޮޑު ބުރައެއް ކަމަށް ބައިޑަންގެ ވާދަވެރިން ބުނެ އެވެ.

ޓައިވާން ފަދަ އެމެރިކާގެ މަސްލަހަތާ ގުޅުން އޮތް އާބާދީތަކަށް ބިޔަ އަދަދުތަކުން ހޭދަކުރަން ވެއްޖެ ނަމަ އިގުތިސޯދީ މަރުހަލާތަކުގައި ޗައިނާއާ ވާދަކުރުން އެމެރިކާއަށް ފަސޭހަ ނުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.