އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ވަގުފު އިމާރާތުގެ އަމަލީ މަސައްކަތް އަންނަ ފެބްރުއަރީ މަހު ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެ އިމާރާތުގެ އަމަލީ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނެ ކަމަށެވެ.
އައްޑޫގައި އަޅަން ހަމަޖެހިފައިވާ ހަތަރު ބުރީގެ ވަގުފު އިމާރާތް އަޅަނީ އިސްލާމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.
މީގެ އިތުރުން މާލޭގައި އިމާރާތް ކުރަމުންދާ ވަގުފު އިމާރާތުގެ އަމަލީ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ޝަހީމް އިއްޔެ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.