މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގެ 30 އޮފިސަރަކު އިންޑިއާއަށް

Jul 8, 2022
1

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 30 އޮފިސަރަކު އިންޑިއާ އަށް ތަމްރީނަށް ފޮނުވުމަށް ނިންމައިފި އެވެ.

ކަސްޓަމްސްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއަށް ފުރަން ހަމަޖެހިފައިވާ އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނު މަހާވަރު އެވެ.

ކަސްޓަމްސްގެ އޮފިސަރުން މިފަހަރު ތަމްރީނަށް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ފަރީދްއާބާދުގައި ހުންނަ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސްގައި އާއި އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) ގައެވެ.

ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 11 އިން 15 އަށެވެ.

ކަސްޓަމްސްގެ އޮފިޝަލުންގެ ތެރެއިން 200 އެއްހާ އޮފިޝަލުން މިފަހުން ވަނީ އިންޑިއާ އަށް ގޮސްގެންނާއި އަދި އޮންލައިންކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ.