މަސްތުވާތަކެތި

17 ކިލޯ ޑްރަގް ގެނައީ އިންޑިއާ މަގުން

Mar 21, 2022
2
0%
0%
0%

ރޭ ފުލުހުން ހިންގި އޮޮޕަރޭޝަންގައި އަތުލަައިގަތް 17 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ އިންޑިއާ މަގުން ކަމަށް ކަސްޓަމުން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ ގެނައި އެއާކޯގެ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އެ ޝިޕްމަންޓް އިތުރަށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ބަލާ ފާސްކުރުމުގެ ސިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައިވަނީ "އޯގަނިކް ޕާޓިލައިޒާ" ގެ ގޮތުގައެވެ.

"އޯގަނިކް ޕާޓިލައިޒާ" ޕެކެޓްތަކުގެ ތެރެއިން ޑްރަގްސް ވަނީ ފެނިފައެވެ.

ކަސްޓަމުން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު ހަޝިސް އޮއިލްއަށް ޕޮޒިޓިވް ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 17 ކިލޯ ހުއްޓެވެ. އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ހަ ލައްކަ ރުފިޔާއަށް އަރައެވެ.

އަތުލައިގަނެވުނު 17 ކިލޯގެ ޑްރަގްސް ފުލުހުންނާއި ހަވާލުކުރުމުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910