އިމިގްރޭޝަން

ގަވައިދާހިލާފަށް މާލޭގައި ފިހާރައެއް ހިނގާ ބިދޭސީއަކު ހިފަހައްޓައިފި

Jan 6, 2016
2

ރަޖިސްޓްރީ ކުރުމަކާވެސް ނުލައި މާލޭގައި ފިހާރައެއް ހިންގަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވިދާޅުވީ މިއަދު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އެ ފިހާރަ ފެނި ބިދޭސީ މީހާ ހިފަހައްޓާފައިވާއިރު ރަޖިސްޓްރީވެސް ކޮށްފައި ނުވާ އެ ފިހާރަކީ ދިވެއްސެއްގެ ފިހާރައެއް ކަމަށް ބިދޭސީ މީހާ ބުނާ ކަމަށާއި ފިހާރަ ހިންގަމުންދިޔަ ބިދޭސީ މީހާ އަކީ ވެސް ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ ގެންނަ މީހެއް ކަމަށެވެ.

އިމިގްރޭޝަންގެ ހާއްސަ އޮޕަރޭޝަނުގައި މިއަދު 50 އަށްވުރެ ގިނަ ތަންތަން ބަލައި ފާސް ކުރިއިރު 14 ތަނެއް ޖޫރިމަނާ ކުރަންޖެހުނެވެ. ހަތަރު ތަނެއް ޖޫރިމަނާކުރީ ބިދޭސީ ސޭޓުން ތިބުމުންނެވެ. އެހެންތަންތަން ޖޫރިމަނާ ކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާފައި ތިބެގެނެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ބައެއް ރަށްރަށުގެ ތަންތަން ވެސް ބަލައި ޗެކްކޮށް ބައެއްތަންތަން ވަނީ ޖޫރިމަނާކޮށްފައެވެ.