ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ހަތަރުވަނަ ޑޯޒް 689 މީހަކު ޖަހައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ހަތަރުވަނަ ޑޯޒް -- ސެކަންޑް ބޫސްޓާ -- 689 މީހަކު ޖަހައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމާ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ވެކްސިންގެ ތަފާސް ހިސާ ދައްކާ ގޮތުން ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހާފައި އަދި ވަނީ އާބާދީގެ 0.15 އިންސައްތަ މީހުންނެވެ. އެއީ 689 މީހެކެވެ. ތިންވަނަ ޑޯޒް -- ފަސްޓް ބޫސްޓާ -- ޖަހާފައިވަނީ 165،066 މީހެކެވެ. އެއީ އާބާދީގެ 36.45 އިންސައްތަ އެވެ.

މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،949 މީހެކެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.11 އިންސައްތަ އެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ އާބާދީގެ 84.95 އިންސައްތަ އެވެ. އެއީ 384،648 މީހެކެވެ.

ރާއްޖޭ ވަނީ ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ކޮށްފައެވެ. އެ ދުވަސްތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އެތައް ބަޔެއްގެ ހަށިގަނޑުން ބަލި ފެނުނެވެ. އެތައް ބަޔަކު އެ ބަލީގައި މަރުވިއެވެ. ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 307 އިން މައްޗަށް އަރާފައެވެ.