ބޭރު ކުޅިވަރު

މެސީގެ ދެ ގޯލުން ބާސެލޯނާ ހަމަޖެހިލައިފި

ލަޔޮނަލް މެސީ އެސްޕަނިޔޯލް ކޮޅަށް ޖެހި ދެ ގޯލުން ބާސެލޯނާ ސްޕެނިޝް ލީގު ކަޕުގައި ބާސެލޯނާ ހަމަޖެހިލައިފި އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެސްޕަނިޔޯލްގެ ސައިސެޑޯ އެވެ. މެސީ ނަތީޖާ ހަމަހަމަކުރީ 13 ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން އިތުރު ގޯލެއް އޭނާ ޖެހިއިރު އަނެއް ދެ ގޯލު ޖެހީ ނޭމާ އާއި ޖެރާޑް ޕީކޭ އެވެ.

ސްޕެނިޝް ކަޕުގައި ބާސެލޯނާ ކާމިޔާބު ހޯދިއރު ސްޕެނިޝް ލީގުގެ ތާވަލުގެ ދެ ވަނާގައި ބާސެލޯނާ އޮތީ އެއްވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ކުރިއަށް އޮތް މެޗު ބާސެލޯނާ ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އެއްވަނަ ލިބޭނެ އެވެ.

އެތްލެޓިކޯއަށް މިވަގުތު ލިބިފައިވަނީ 41 ޕޮއިންޓެވެ. ބާސެލޯނާ އަށް 39 ޕޮއިންޓް އަދި ތިން ވަނާގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.