ސްރީލަންކާ

ލަންކާ؛ ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގަން އަންގައިފި

ބޮޑުވަަޒީރު ރަނިލް ވިކްރަމަސިންހަ --
0%
0%
0%

ސްރީލަންކާ -- ހުޅަނގު ޕްރޮވިސްތަކުގައި ކާފިއު ހިންގާ ކުއްލި ހާލަތުގެ ގާނޫނު ތަންފީޒު ކުރުމަށް ބޮޑުވަަޒީރު ރަނިލް ވިކްރަމަސިންހަ ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވައިފި އެވެ.

ސްރީލަންކާގެ ނޫސްތަކުން ދެންމެ ބުނީ ހަމަނުޖެހުންތަކާއި ގުޅިގެން ޅަނގު ޕްރޮވިސްތަކުގައި ކާފިއު ހިންގާ ކުއްލި ހާލަތުގެ ގާނޫނު ތަންފީޒު ކުރުމަށް ބޮޑުވަަޒީރު ރަނިލް ވިކްރަމަސިންހަ ސަލާމަތީ ބާރުތަކަށް އަމުރު އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ހައްޔަރު ކުރުމާއި އެ މީހުން ދުއްވާ ވެހިކަލްތައް ހިފެހެއްޓުމަށްވެސް ވަނީ އަމުރު ކުރައްވާފައެވެ.

ކޮލަމްބޯގައި ހުންނަ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީސް ކައިރީގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލާ ބައިވެރިން ފައްސާލުމަށް ފުލުހުން މީގެ ކުރިން ކަރުނަ ގޭސް ވަނީ ޖަހާފައެވެ. ނަމަވެސް އިތުރު މުޒާހަރާގެ މީހުން އެތަނަށް ދަނީ އެއްވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއާ އެކު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިއަސދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރީން އިއުލާނު ކުރި ނަމަވެސް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާންމުންގެ ގޮވާލެއްވުމާއި ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ސުލްހަ ގެނެސް އެއްބައިވަންތަ ސަރުކާރަކަށް ޖާގަ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަނިލް ވަނީ ވިދާޅުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910