ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ލަންކާ ރައްޔިތުންނަށް ހިޔާނަތްތެރި ވެގެން ނުވާނެ: ރައީސް ވަހީދު

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު -- އަވަސް ފޮޓޯ
33.3%
0%
66.7%

ސްރީލަންކާގެ ރައްޔިތުންނާއެކު ދިވެހީން ދެމި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ އެ ގައުމުގެ ރައްޔިތުންނަށް ހިޔާނާތްތެރި ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް އޭއެފްޕީ އާއި ބީބީސީ އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައި ގޮޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފައި ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އެމަނިކުފާނަށް އެއާޕޯޓުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވި ކަމުގެ އަޑުތައްވެސް އެބަ އޮތެވެ.

މެންދަމު ނަޝީދު ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ. ގޮޓަބަޔަ ރާޖަޕަކްސަ އަށް ރާއްޖެއިން ހިމާޔަތް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ވަނީ ކަންބޮޑުވެފައެވެ. ބައެއް ރައްޔިތުން ވަރަށް ރުޅިވެރިކަމާއެކު ދިވެހީންނަށް ދަނީ ފާޑުކިޔަމުންނެވެ. ލަންކާ ރައްޔިތުން އެ ހާލުގައި ޖެއްސި ލީޑަރަކަށް ދިވެހީން އެހީވަނީ ކީއްވެގެންތޯ ދަނީ ސުވާލު ކުރަމުންނެވެ.

ރައީސް ވަހީދު ދެންމެ ވިދާޅުވީ ސްރީލަންކާގެ ރައްޔިތުންނާއެކު ދިވެހީން ދެމި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ އެ ރައްޔިތުން މިއަދު ތަޖުރިބާ ކުރަމުން ދަނީ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް ކަމަށެވެ. އަދި ގާބިލް ހަރުދަނާ ލީޑާޝިޕެއް ލަންކާއަށް ވަރަށް އަވަހަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"އެ މީހުންނަށް [ލަންކާ ރައްޔިތުންނަށް] ހިޔާންތެރިވެގެން ނުވާނެ،" ލަންކާގެ ރައްޔިތުންގެ ދިފާއުގައި ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހެވެއްނު

އެއްކަލަ -- ދޯ މިއުޅެނީ

ގޮތަބަޔަ

މި ބޭފުޅާ ދިވެހި ރައްޔިތުންނަށް ހިޔާނަތްތެރި ވިޔަސް އޯކޭ. ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ވެރިޔެއް އިސްތިއުފާދޭން މަޖުބޫރުކޮށް ރައީސް އާއި ދިވެހި ރައްޔިތުންނަށް ބޭވަފާތެރިވި ނައިބުރައީސް އެއް ތި ނުނީ މިގައުމު ނުދެކޭ. އިދިކޮޅާއި އެއްބައިވެ އެއްދުވަހަށް ނަމަވެސް ވެރިކަން ކޮއްލަން ލިބުމުން، ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ގައުމަށާއި ރައްޔިތުންނާއި، އެ ރައްޔިތުން ހޮވާފައިވާ ވެރިޔާއަށް ހިޔާނާތްތެރިވި ބޭފުޅެއްތިޔައީ. ލަދު ނުގަންނަކަން، ދަނޑިވަޅުގެ ބޭނުން ހިފައިގެން އަނގަ ހުޅުވާފަ ބަސް ބުނަން. އެހެން ނޫނަސް ޑރ. ވަހީދު ތިޔަހެން ބުނެލާ ބަހެއް ދިވެހިންގެ ތެރޭގައި މާ ބޮޑު ސަމާލު ކަމެއް ނުލިބޭ. ތިމާ އަމިއްލަ އަށް ތިމާ އަކީވެސް މަގުބޫލު މީހެއް ކަމަށް ދެކުނަސް ގިނަ ދިވެހިން ތިޔަ ބޭފުޅާ ބަލައިގަންނަނީ ބާޢީއެއް ގޮތުގައި. ކިތަންމެ ޒަމާނެއް ވިޔަސް ބާޢީ ލަގަބެއް ފޮހެވިގެން ނުދާނެ. ދިވެހިން %5 ދީފަ ހޮވާފަ ސައިޑެއްގައި ބެހެއްޓީމާވެސް އަމިއްލަ ނަފްސަށް އެކަންވެސް ހަޖަމް ނުކުރެވެނީ އަދި ބަޔަކު ތިބިކަމަށްތޯ؟

2000

އަންނިގެ ވެރިކަން ދޫކޮށްލާ ގައުމުގައި އެމްޑީޕީން ހުޅު ޖެހި ދުވަހު ރާއްޖެ ހަމައަކަށް އެޅުވި ލީޑަރަކީ ރައީސް ވަހީދު. ގައުމުގެ ވެރިކަމުގެ ކަރާމަތް ވަނީ ފެބްރުއަރީ 7ގައި ހުޅުޖަހާ އަންދާލާފައި

އަފީފްް

ހައްޕުގޭ ކިޔާބަލަ ބާގީ! ތިޔައްވުރެ މީހުން ހަލޭއްލަވާ ވައްވައް ޖެއްސި ރައީސަކު ނުހުންނާނެ. ތީ އެއްވެސް އަގެއް ނެއްމީހެއް.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910