މަތިވެރި

ޔޫއެސްސީ ވޮލީ މުބާރާތް: ތަށި އުފުލާލީ އަލްމަސް

މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން އަލްހާ އީދުގެ މުނާސަބަތުގައި ބޭއްވި "ޔޫއެސްސީ ވޮލީ މުބާރާތް" ގެ ޗެމްޕިއަންކަން އަލްމަސް ހޯދުން --
0%
0%
0%

މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން އަލްހާ އީދުގެ މުނާސަބަތުގައި ބޭއްވި "ޔޫއެސްސީ ވޮލީ މުބާރާތް" ގެ ޗެމްޕިއަންކަން އަލްމަސް ހޯދައިފި އެވެ.

މަތިވެރީގައި ބާއްވާ ވޮލީގެ އެންމެ ޝަރަފުވެރި މުބާރާތަކީ މިއީ އެވެ. މި އަހަރުގެ މުބާރާތުގައި ތިން ޓީމަކުން ވާދަކުރި އެވެ.

އެއީ އަލްމަސްގެ އިތުރުން ސްކައި ވިއު އަދި އަންބަރެވެ.

މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން އަލްހާ އީދުގެ މުނާސަބަތުގައި ބޭއްވި "ޔޫއެސްސީ ވޮލީ މުބާރާތް" ގެ ޗެމްޕިއަންކަން އަލްމަސް ހޯދުން --
މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން އަލްހާ އީދުގެ މުނާސަބަތުގައި ބޭއްވި "ޔޫއެސްސީ ވޮލީ މުބާރާތް" ގެ ޗެމްޕިއަންކަން އަލްމަސް ހޯދުން --

މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ އަލްމަސް އާއި އަންބަރެވެ. މި މަހުގެ 12 އަދި 13 ދެ ދުވަހު ކުރިއަށް ދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،005 ރުފިޔާ ދީފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 2،005 ރުފިޔާ ވަނީ ދީފައެވެ.

މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން އަލްހާ އީދުގެ މުނާސަބަތުގައި ބޭއްވި "ޔޫއެސްސީ ވޮލީ މުބާރާތް" ގެ ރަނަރަޕް ޓީމަކީ އަންބަރު --

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ހަ ކުޅުންތެރީންވެސް ވަނީ ހޮވާފައެވެ.

"ޔޫއެސްސީ ވޮލީ މުބާރާތް" ގެ އެންމެ މޮޅު ހަ ކުޅުންތެރީން ޔޫއެސްސީގެ ރައީސް ހުސައިން ޝަރީފްއާއެކު ފޮޓޯއަކަށް ހުއްޓިގެން --
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޖިދާއަށް އިނާމު ހަވާލު ކުރަނީ --

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ޗެމްޕިއަން އަލްމަސްގެ ޖާޒީ ނަންބަރު 10، މާޖިދާ އެވެ. މުބާރާތުގެ ވަނަވަނައަށް އައި ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ދީފައިވަނީ ޔޫއެސްސީގެ ރައީސް ހުސައިން ޝަރީފެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910