މަތިވެރި

ޔޫއެސްސީ ފުޓްސަލް ޓޯނަމަންޓް: އާރުޖީބީން ދެވަނަ ތަށި އުފުލާލައިފި

ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދި އާރުބީޖީ --
0%
0%
0%

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން އާރުބީޖީ ހޯދައިފި އެވެ. މިއީ އެ ޓީމުން މި މުބާރާތުގެ ތަށި ނެގި ދެވަނަ ފަހަރެވެ.

"ރައުޚް ޔޫއެސްސީ ސިކްސްޓީންތް ފުޓްސަލް ޓޯނަމަންޓް 2022" ގެ ފައިނަލް ގައި އާރުބީޖީ ބައްދަލުކުރީ މާންސްއާ އެވެ. މުބާރާތުގެ ޗެމްޕިއަންކަން އާރުބީޖީ ހޯދީ 2-2 އެއްވަރުގެ ޕެނަލްޓީން 6-4 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރީންގެ ތެރޭގައި އާރުބީޖީގެ ތިން ކުޅުންތެރީން ހިމެނެއެވެ. އެއީ ޝާނީޒް އާއި ރިއުޝާން އަދި އަލީ ޒިޔާމް އެވެ. ދެން ހިމެނެނީ މާންސްގެ އަޔާޒް އަހުމަދުގެ އިތުރުން ރޯޔަލް ނައިޓްސްގެ މުހައްމަދު އިމްރާން އެވެ.

ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ އެންމެ މޮޅު ކުޅުންތެރީން --

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޗެމްޕިއަން އާރުބީޖީގެ އަހުމަދު ރިއުޝާން އެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ މާންސްގެ އަޔާޒް އަހުމަދު އެވެ.

އުންމީދީ ކުޅުންތެރިއަކީ މާންސްގެ އަލީ އަލްސަން އެވެ. އެއީ އުމުރުން 16 އަހަރުގެ ކުޅުންތެރިއެކެވެ. އެންމެ މޮޅު ކޯޗަކީ އާރުކޭ ގެ ޝާހީން އެވެ.

ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންގެ އެންމެ މޮޅު ކުޅުންތެރިޔާ --
ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ --
ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ އެންމެ އުންމީދީ ކުޅުންތެރިޔާ: މިއީ 16 އަހަރުގެ ކުޅުންތެރިއެއް --

މި އަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް ދޭ ފައިސާގެ އަދަދު ވެސް ވަނީ ބޮޑުކޮށްފައެވެ. މި ފަހަރު ޗެމްޕެއިން ޓީމަށް 35،005 ރުފިޔާ ވަނީ ދީފައެވެ. ރަނަރަޕް ޓީމަށް 11،005 ރުފިޔާ ދީފައިވެއެވެ. މިއީ މިދިޔަ 15 އަހަރުގެ ތާރީހުގައި އެންމެ އަގުބޮޑު މުބާރާތެވެ. އަދި މަތިވެރީގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ހެޕީ މާކެޓްގެ އިސްވެރީން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓްގެ ރައުޗް ބްރޭންޑެވެ. ކޯ ސްޕޮންސަރު އޮޕްޓިކަލް މޯލްޑިވްސް އެވެ. ސަބް ސްޕޮންސަރު ފިއުލް ސަޕްލައި މޯލްޑިވްސް އެވެ.

ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 16 ވަނަ ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދީ އާރުބީޖީ

ޔޫއެސްސީއަކީ މުޅި އަރިއަތޮޅުގައިވެސް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. މަތިވެރިއާ މުޅި އަތޮޅަށް އަމާޒުކޮށްވެސް އެކި މުބާރާތްތައް ކުރިއަށް ގެންދެއެވެ. އެންމެ ފާހަގަކޮށްލެވެނީ މިދިޔަ 22 އަހަރު މެދުކެނޑުމެއް ނެތި މަތިވެރީގައި ބާއްވަމުން އައި ގުރުއާން މުބާރާތެވެ. މަތިވެރީގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި ޔޫއެސްސީގެ ދައުރު ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910